##siteName##

ނޫސް ބަޔާން: ހިތަދޫ ދޯދި ގޭގައި ތިބި ބިދޭސީން ދުއްވާ ކާރުގައި ރޯކޮށްލި ޙާދިޘާ ކުށްވެރިކުރުން
Monday, December 26, 2011

މޫސުމާ ބެހޭ "ޑައިނަމޯ ޕްރޮޖެކްޓް" ހިންގުމަށް އައްޑޫގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ބައެއްގެ ކާރުގައި ރޯކޮށްލި ހާދިޘާ، ޢަދާލަތު ޕާޓީގެ ހިތަދޫ ގޮފިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މުސްލިމުންގެ ބިމެއްގައި މުސްލިމުންގެ ތެރެއަށް އެމީހުންގެ ހުއްދަ ލިބިގެން އައިސް، އެބައިމީހުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށް އެއްވެސް ގޯނާއެއް ކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށްވެސް ބަޔާންކުރަމެވެ. ... [އިތުރަށް ވިދާޅުވޭ!]

ނޫސްބަޔާން: 17 ވަނަ ސާކު ސަމިޓާގުޅުވައިގެން، މޮނިޔުމެންޓް ތަކެއްގެ ނަމުގައި އައްޑޫސިޓީގައި ބުދުތައް ބަހައްޓާފައިވާތީ އެކަން ކުށްވެރި ކުރުން
Thursday, November 10, 2011

17 ވަނަ ސާކު ސަމިޓާއި ގުޅުވައިގެން ސާކުގެ ޤައުމުތަކުގެ މޮނިއުމެންޓް ތަކެއްގެ ނަމުގައި އައްޑޫސިޓީގައި ބަހައްޓަމުން މިދާ ބުދުތަކަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު ނަންބަރު 94/6 ގެ ދަށުން ހާދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު ނަންބަރު 2011/R-40 ގެ 6 ވަނަ މާއްދާގެ ދަށުން ބެހެއްޓުމާއި ގެންގުޅުން މަނާތަކެއްޗެވެ. ވީމާ މިފަދަ ތަކެތި ދިވެހި ސަރުކާރުގެ ފަރާތުން ގެނެސް މުސްލިމު ދިވެހި ފަސްގަނޑުގައި ބެހެއްޓުމަކީ މިގޮފީގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމެކެވެ. އަދި މިކަން ކުރުމުގައި މެދުވެރި ބަޔަކު ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭނެއެވެ. އަދި މިކަމުގެ ޝާމިލުވާ މީހުންނާއި ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ސަރުކާރުގެ ވުޒާރާއިން މިކަން ރަނގަޅަށް ބައްލަވާ ކަމާބެހޭފަރާތްތަކަށް މި މައްސަލަ ހުށައެޅުއްވުމަށް އިލްތިމާސް ކުރަމެވެ. ... [އިތުރަށް ވިދާޅުވޭ!]

هكذا حج النبي صلّى الله عليه وسلم - لفضيلة الشيخ صالح المغامسي
Monday, October 24, 2011

ތިރީގައި މިވަނީ ޤުބާ މިސްކިތުގެ އިމާމް، ފަޟީލަތުއްޝައިޚް ޞާލިޙް އަލްމުޣާމިސީ 1430 ވަނަ އަހަރު ދެއްވާފައިވާ ސިލްސިލާ ދަރުސެކެވެ. އެއީ هكذا حج النبي صلّى الله عليه وسلم (ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙައްޖު ކުރެއްވީ މިގޮތަށް) މި މައުޟޫޢަށް ދެއްވި ދަރުސެކެވެ. މި ދަރުސް ޙައްޖަށް ދިޔުމުގެ ކުރިން އަޑުއަހާލުމަށް، އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، މިއަހަރު ޙައްޖުވެރިންނަށް އެހީތެރިވުމަށް މައްކާއަށް ދާން ގަސްދުކުރާ ހުރިހާ ދިވެހި ކިޔަވާކުދިންނަށާއި، އަދި މިބަސް އެނގޭ އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރިވަމެވެ. އަދި ޢަރަބިބަސް ނޭނގޭ މީހުންނަށް ޚުލާޞާއެއްގެ ގޮތުގައިވިޔަސް މި ފޯރުކޮށްދިނުމަށް ގޮވާލަމެވެ. ... [އިތުރަށް ވިދާޅުވޭ!]

ޑރ. ޢަބްދުލްމަޖީދާއިމެދު ދޮގު ޚަބަރު ނުފަތުރާށެވެ. އަލިފާނަށް ދަރުނާޅާށެވެ
Tuesday, October 11, 2011

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ސަފުގެ ކުރީގައި ގުނާލެވޭ ޢިލްމުވެރިއެކެވެ. އެމަނިކުފާނު ޢަދާލަތުޕާޓީގެ ނިންމުމަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން، ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު، އަނެއްކާ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވަމުން އަލުން މިނިސްޓަރު ކަމަށް ވަޑައިގަތުމަކީ އެކަމާމެދު އަޅުގަނޑުވެސް ހިތާމަކުރާ ކަމެކެވެ. އަދި އެގޮތަށް މިނިސްޓްރީއަށް ވަޑައިގެންނެވުމުން ޕާޓީއަށް ލިބިގެންދާ ގެއްލުމާމެދު، ޕާޓީގެ ގޮތްޕެއްގެ ރައީސެއްގެ ޙައިސިއްޔަތުން އަޅުގަނޑު ހަގީގަތުގައިވެސް ކަންބޮޑުވަމެވެ. ... [އިތުރަށް ވިދާޅުވޭ!]

30 ޖޫން2009 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމް.ޑީ.ޕީ) އާއި އެކު ވެފައިވާ އެއްބަސްވުން އުވާލާ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމާއި ބެހޭ ޤަރާރު
Monday, September 26, 2011

އިސްވެ ބަޔާން ކުރެވުނު ސަބަބު ތަކަކާއި އަދި އެފަދަ އިތުރު އެތައް ސަބަބު ތަކައްޓަކައި، 30 ޖޫން 2009 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޢަދާލަތު ޕާޓީއާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލާ، ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމަކީ، ރައްޔިތުންނަށް ލާބައާއި މަންފާހުރި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ދީނާއި ޤައުމުގެ މަސްލަޙަތު އިސްކުރާ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ރައްޔިތުންގެ ޙައްގުގައި ކުރަންޖެހޭކަމެއް ކަމުގައި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ހިނދު، އިސްވެދެންނެވުނު އެއްބަސްވުން އުވާލާ ސަރުކާރާއިއެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ 26 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ވަކިވުމަށް މަޝްވަރާ މަޖިލީހަށް ޙާޟިރުވީ 34 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށް، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 18.1 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން މިޤަރާރު ނެރެމެވެ. ... [އިތުރަށް ވިދާޅުވޭ!]

Mv Iyyu Formal
ފޮންޓު ޑައުންލޯޑް ކުރައްވާ!

 

 

 

 

 

 
 
 

މުޙައްމަދު އަނީލް - ޖަންބުމާގެ - އައްޑޫސިޓީ ހިތަދޫ - ދިވެހިރާއްޖެ - 009607863469 / 00966544778595 / 009606887938