 17 ވަނަ ސާކު ސަމިޓާއި ގުޅުވައިގެން ސާކުގެ ޤައުމުތަކުގެ މޮނިއުމެންޓް ތަކެއްގެ ނަމުގައި އައްޑޫސިޓީގައި ބަހައްޓަމުން މިދާ ބުދުތަކަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު ނަންބަރު 94/6 ގެ ދަށުން ހާދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު ނަންބަރު 2011/R-40 ގެ 6 ވަނަ މާއްދާގެ ދަށުން ބެހެއްޓުމާއި ގެންގުޅުން މަނާތަކެއްޗެވެ. ވީމާ މިފަދަ ތަކެތި ދިވެހި ސަރުކާރުގެ ފަރާތުން ގެނެސް މުސްލިމު ދިވެހި ފަސްގަނޑުގައި ބެހެއްޓުމަކީ މިގޮފީގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމެކެވެ. އަދި މިކަން ކުރުމުގައި މެދުވެރި ބަޔަކު ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭނެއެވެ. އަދި މިކަމުގެ ޝާމިލުވާ މީހުންނާއި ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ސަރުކާރުގެ ވުޒާރާއިން މިކަން ރަނގަޅަށް ބައްލަވާ ކަމާބެހޭފަރާތްތަކަށް މި މައްސަލަ ހުށައެޅުއްވުމަށް އިލްތިމާސް ކުރަމެވެ. ... [އިތުރަށް ވިދާޅުވޭ!] |